ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ނެޝަނަލް އެންޑް ނެޝަނަލް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އުމުރުން އެންމެ 13 އަހަރުގެ އަމްނާ ތަޒްކިޔާ މިރްސާދު އެއް ދުވަހުން ދެ ފަހަރަށް އައުކޮށް މުބާރާތުން ލޯ މެޑަލް ހާސިލްކޮށްފި އެވެ.
ތަޒްކިޔާ، 100 މީޓަރު ފްރީސްޓައިލް އިވެންޓު، އިއްޔެ އެންމެ ފުރަތަމަ، ޕްރިލިމިނަރީ ހީޓުގައި ނިންމާފައިވަނީ 01:05.53 ޓައިމިން އަކުންނެވެ. ތަޒްކިޔާގެ މި ޓައިމިން އަކީ، މިއީ ގައުމީ ރެކޯޑެކެވެ. މި ރެކޯޑް އެންމެ ފަހުން އާ ކުރެވިފައިވަނީ މީގެ އަށް އަހަރު ކުރިންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އާމިނަތު ޝަޖަން އެވެ. އެއީ 2016 ވަނަ އަހަރު ބޭއްވުނު ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި 01:05.71 އިން ރޭސް ފުރިހަމަކޮށްގެންނެވެ. އެހެންކަމުން، ތަޒްކިޔާ މި އާ ކޮށްފައިވަނީ، ގިނަ އަހަރުތަކެއް ވަންދެން އާ ނުކުރެވި އޮތް ރެކޯޑެކެވެ.
ނަމަވެސް ތަޒްކިޔާ ވަނީ، އޭނާގެ އަމިއްލަ ރެކޯޑް ޓައިމިން އަށް މާ ލަސްތަކެއް ނުވެ ކުރިއެރުން ހޯދާފައެވެ. އެގޮތުން އެ އިވެންޓްގެ ފައިނަލްގައި ވާދަކޮށް ތަޒްކިޔާ ވަނީ ފައިނަލްގައި ވާދަކޮށް 01:05.03 އިން، ނިންމައި، ގައުމީ ރެކޯޑަކާ އެކު، ލޯ މެޑަލް ހޯދާފައެވެ.
ތަޒްކިޔާ ވަނީ އެ މުބާރާތުގެ އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ވެސް އާ ކޮށްފަ އެވެ. އަދި އެ މުބާރާތުގެ، ޖޫނިއާ ނެޝަނަލް ކެޓަގަރީގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގެ ލޯ މެޑަލް ހޯދި ޓީމުގައި ވެސް ތަޒްކިޔާ ހިމެނެ އެވެ. ތަޒްކިޔާގެ އިތުރުން ދެން ހިމެނެނީ، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އަދި ޒާހާ ޒައިދުލް ހަލީލް އެވެ.