ޚަބަރު

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި


  • މި ފުރުސަތު ހުޅުވާލާފައިވަނީ މާދަމާގެ 14:00ގެ ނިޔަލަށް

  • ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވޭ

ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށްޓަކައި ހުށެހެޅި ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

މި ބިލް ހުށެހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ދާއޫދެވެ. މި ބިލް ހުށެހެޅުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޤަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުން ހިމެނެއެވެ.

މީގެއިތުރުން، ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭގޮތުން ވަޒީފާއާ ބެހޭ ޤާނޫނުގައި ކަންޑައަޅުއްވާފައިވާ އުސޫލުތަކާއި މިންތައް އިސްލާހުކޮށް ޤާނޫނު ތަންފީޒްކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ކަމަށް ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އިން ދަނީ މި ބިލް ދިރާސާކުރަމުގެ މަސަސައްކަތް ކުރަމުންނެވެ. މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މާދަމާގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.