މިއަދުވެސް އުތުރުގެ އަތޮޅުތަކަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށެވެ. މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ހއ.އަތޮޅުން ފެށިގެން އދ. ހިމެނޭ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.
Yellow alert for strong winds extended pic.twitter.com/bggh5T5h0x
— Maldives Meteorology (@MetMaldives) August 14, 2024
އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.
މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިއްޔެ މާލެއާއި ރާއްޖޭގެ ބައެއް ރަށްރަށުގައިވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ ބައެއް ގެތަކަށާއި ފިހާރަތަކަށްވެސް ވަނީ ފެންވަދެފައެވެ.
މޫސުން ގޯސްވުމާ ގުޅިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.