ޚަބަރު

ކުޑަހުވަދޫ ކައިރިން ދަތުރުކުރި ދޯންޏެއްގައި ރޯވެއްޖެ


  • މި ޙާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 06:30 ޖަހާކަންހާއިރު

  • އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން

  • އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަން ސާފުވެފައެއްނުވޭ

ދ. ކުޑަހުވަދޫ ކައިރިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޙާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 6:30 ހާއިރުކަމަށެވެ. އަދި ދޯނީގައި ރޯވި އަލިފާން ނިއްވުމުގައި ފުލުހުންނާއި ސިފައިން މިވަގުތުވެސް ހަރަކާތްތެރިވަމުންދާކަމަށެވެ.

އެހެންނަމަވެސް މި ޙާދިސާއާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ދެއްވާފައެއްނުވެއެވެ.

މި ޙާދިސާއާގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ދޯނީގެ ފަހަތު ބައިގައި ވަރަށް ބޯޑަށް ރޯވެ އަނދަމުންދާތަން ފެނެއެވެ. އަދި އެހެން ދޯންޏަކުން އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ މަންޒަރުވެސް ފެނެއެވެ.