ޚަބަރު

ދ.އަތޮޅުގައި ހުންނަ އަމާންހިޔާގައި އުޅޭ ކުދިން ހިތާނު ކުރުމުގެ ހަފްލާގައި ވަޒީރު ބައިވެރިވެވަޑައިގެންފި


  • މި ދަތުރުފުޅުގައި ވަޒީރު ވަނީ ކުޑަހުވަދޫގެ މުއައްސަސާތަކާއި ބައްދަލުކުރައްވާފައި

ދ.އަތޮޅުގައި ހުންނަ އަމާންހިޔާގައި އުޅޭ ކުޑަކުދިން ހިތާނުކުރުކުރުމުގެ މުނާސަބާއާ ގުޅިގެން ބޭއްވި ހަފްލާގައި އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ އައިޝަތު ޝިހާމް ބައިވެރިވެވަޑައިގެންފިއެވެ.

ދ. އަމާންހިޔާގައި ބަލަހައްޓަމުންދާ ކުޑަކުދިން ހިތާނަކުރުކުރުމުގެ މުނާސަބާއާއި ގުޅިގެން ބޭއްވި ހަފްލާއަކީ ދ. އެފްސީއެސްސީއާއި، ކުޑަހުވަދޫގެ ހުރިހާ މުއައްސަސާތަކެއްގެ އިތުރުން ދ.އަތޮޅުގެ އެކި ރިސޯޓުތަކަށް ދައުވަތުދެވިގެން ކުރިއަށް ގެންދިޔަ ހަފްލާއެކެވެ. މިހަފްލާގައި އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ އައިޝަތު ޝިހާމް ބައިވެރިވެވަޑައިގަތެވެ.

ދ.އަތޮޅަށް ކުރެެއްވި ދަތުރުފުޅުގައި ވަޒީރު ވަނީ ކުޑަހުވަދޫގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ވުޒާރާއިން މިހާރު ކުރަމުން ގެންދާ މުހިންމު މަސައްކަތްތަކާއި، އެކި ޕްރޮގްރާމުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި އިޖްތިމާއީ އަދި އާއިލީ ތަރައްޤީއަށް ކުރެވޭ ތަފާތު މަސައްކަތްތަކުގައި މުއައްސަސާތަކާއި ވުޒާރާތައް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައިވެއެވެ.