ޚަބަރު

ފިހާރައެއްގެ ތެރޭގައިހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ތަހުގީގުކުރަނީ


  • ހަމަލާ ދީފައިވަނީ ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގެ ތެރޭ ހުރި މީހަކަށް

މާލޭގެ ފިހާރައެއްގެ ތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ފުލުހުން ތަހުޤީޤުކުރަން ފަށައިފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، މާލޭގެ ދިލްބަހާރުމަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ހުރި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 21:01 ގައި ކަމަށެވެ. މިމައްސަލާގަ އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައިކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް މާރާމާރީގެ މިމައްސަލަ ފުލުހުން ތަހުޤީޤުކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.