ޚަބަރު

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ފަށައިފި


  • ތަމްރީންތައް މިމަހުގެ 18އާއި ހަމައަށް ކުރިއަށްދާނެ

  • ހުޅުމާލެ އަދި ހުޅުލޭގައި ތަމްރީން ކުރިއަށްދާނެ

އެމްއެންޑީއެފުން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ފަށައިފިއެވެ.

މިމަހުގެ 5 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށްގެންދަނީ ހުޅުމާލެ ފޭސް-3، ފަރުކޮޅުފުށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިތުރުން ހުޅުމާލެ މެއިން ބަސް ސްޓޭޝަން (ފެރީ ޓާމިނަލް ކުރިމަތި)ގައި ކަމަށް ޤައުމީ ދިފާއީ ބާރުން ވިދާޅުވެއެވެ.

މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ތަމްރީންތައް ކުރިއަށްގެންދާއިރު، ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ތަމްރީނުތަކުގައި ބޭނުން ނުކުރާނެކަމަށް ޤައުމީ ދިފާއީ ބާރުން ވަނީ ވިދާޅުވެފައެވެ.