ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ހައްޤެއް: ރައީސުލްޖުމްހޫރިއްޔާގެ ނައިބު


  • މިއަދަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ހައްޤެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަކީ މުހިންމު އެއްޗެއްކަމަށާއި އެއީ ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ ހައްގެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، އެއީ ކޮންމެ އިންސާނަކަށްމެ ލިބިގެންވާ ޙައްޤެއް ކަމުގައެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން، ޑަބްލިޔުއެޗްއޯ އިން ވިދާޅުވީ ރައްކާތެރި، ދުޅަހެޔޮ މަސައްކަތު މާހައުލުތަކަކީ ނަފްސާނީ ސިއްހަތަށް ރައްކާތެރި ތަނެއްގެ ގޮތުގައި މަސައްކަތް ކުރެވިދާނެ ތަންތަންކަމަށެވެ.

ދުނިޔޭގެ އާބާދީގެ %60 މީހުން މަސައްކަތުގައި އުޅޭއިރު، މަސައްކަތުން ނަފްސާނީ ސިއްހަތަށް ކުރިމަތިވާ ނުރައްކާތައް ހުއްޓުވައި، މަސައްކަތުގައި ނަފްސާނީ ސިއްހަތު ރައްކާތެރިކޮށް އެހީތެރިވެދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަކުރެއެވެ.

އަދި ސަރުކާރުތަކާއި ވަޒީފާދޭ ފަރާތްތަކާއި، މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާތަކާއި، މަސައްކަތްތެރިންގެ ސިއްހަތުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ޒިންމާވާ އެހެން ސްޓޭކްހޯލްޑަރުން ގުޅިގެން ނަފްސާނީ ސިއްހަތު ރަނގަޅު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަަމަށެވެ.

ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ.