މައި ފެމިލީ ޑެންޓިސްޓުގެ ދެވަނަ ކްލިނިކް މާލޭގައި ހުޅުވައިފިއެވެ. މައި ފެމިލީ ޑެންޓިސްޓަކީ ސްރީލަންކާގައި ފުޅާކޮށް ޑެންޓަލްގެ ޚިދުމަތް ފޯރުކޮށްދޭ މައިޑެންޓިސްޓާ ގުޅިގެން ޤާއިމުކޮށްފައިވާ ޑެންޓަލް ކްލިނިކެކެވެ.
މައި ފެމިލީ ޑެންޓިސްޓުގެ ދެވަނަ ކްލިނިކް ހުޅުވާފައިވަނީ ހެންވޭރު އަބަދަށްފެހިމަގުގައެވެ. މައި ފެމިލީ ޑެންޓިސްޓުން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައިވެސް ކްލިނިކެއް ހިންގަމުންނެވެ.
މައި ފެމިލީ ޑެންޓިސްޓުން ބުނީ މާލޭގައި ކްލިނިކް ހުޅުވަން ނިންމީ ހުޅުމާލޭގެ ކްލިނިކަށް ލިބެމުންދާ ތަރުހީބަށް ބަލާ އެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޑެންޓަލް ޚިދުމަތެއް ފޯރުކޮށްދިނުމަށްކަމަށެވެ.
މައި ފެމިލީ ޑެންޓިސްޓުގެ ދެވަނަ ކްލިނިކް ހުޅުވުމަށްފަހު، އެ ކްލިނިކް ހިންގަމުން އަންނަ އޭއެމްއީ ނެކްސަސްގެ ސީއީއޯ މރ. ހަސިކާ ޖަޔަސޫރިޔާ ވިދާޅުވީ ކްލިނިކުން އާންމުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ އިތުރަށް ދަތުގެ ކަންތައްތަކާއި ގުޅުންހުރި ބަލިތަކަށް އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް އެ ކްލިނިކުން ކުރާނެކަމަށެވެ.
މިކްލިނިކުން ދަތާއި ހިރުގަނޑުގެ މައްސަލަތަކުން ރައްކާތެރިވުމަށް އިސްކަންދީގެން ޚިދުމަތް ފޯރުކޮށްދޭނެކަމަށާއި އަމާޒަކީ މާލޭގެ އެހެން އަވަށްތަކުގައިވެސް މައި ފެމިލީ ޑެންޓިސްޓުގެ އިތުރު ކްލިނިކްތައް ޤާއިމުކުރެއްވުންކަމަށް ހަސިކާ ޖަޔަސޫރިޔާ ވިދާޅުވިއެވެ.
މައި ފެމެލީ ޑެންޓިސްޓަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަތުގެ ތަފާތު ފަރުވާ ފޯރުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ކްލިނިކެކެވެ. މައި ފެމިލީ ޑެންޓިސްޓުގެ ދެ ކްލިނިކުންވެސް ޚިދުމަތް ދޭނީ ތަޖުރިބާކާރު ޕްރޮފެޝަނަލް ޑެންޓިސްޓުންގެ ޓީމަކުންނެވެ.