ޚަބަރު

ސިޓީ އާއި ކްރިސްޓަލް ޕެލަސް އެއްވަރު


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި ކްރިސްޓަލް ޕެލަސްގެ ޑެނިއެލް މުނޯޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި މި ލަނޑަށްފަހު ޕެލަސް އަށް ވަނީ ލީޑު ފުޅާ ކުރަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

މެންޗެސްޓަރ ސިޓީ އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 30 ވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވީ ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ޕެލަސް އިން ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ލިބުނު ކޯނަރު ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޑިފެންޑަރ މެކްސެންސް ލެކްރޮއިކްސް އެވެ.

ދެވަނަ ފަހަރަށް މެންޗެސްޓަރ ސިޓީ އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 68 ވަނަ މިނިޓުގައި ރިކޯ ލެވިސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރިކޯ ލެވިސް އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

މި މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފައިވަނީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް އެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާއިމެދު ފަހުރުވެރިވާ ކަމަށެވެ.

މި މެޗު އެއްވަރުވެފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން ސިޓީއަށް ލިބިފައިވާ 27 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 14 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު ދެ ޓީމުގެ ދެމެދުގައި 8 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.