ޚަބަރު

އަލިފާނުގެ ހާދިސާއާ ގުޅިގެން އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފި


  • ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަށް ނުނިކުތުމަށް އިލްތިމާސްކުރޭ

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާ ހުންނަ އިމާރާތުގައި އަލިފާން ރޯވުމާ ގުޅިގެން ދުން ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

މި އިމާރާތުގައި އަލިފާން ރޯވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަލިފާން ރޯވުމުގެ ސަބަބުން މުޅި މާލެ ތެރެއަށް ދުމުގެ އަސަރު ދަނީ ކުރަމުންނެވެ.

ދުމުގެ އަސަރު ކުރަމުންދާތީ އެ ސަރަހައްދުގެ ބައެއް އިމާރާތްތަކުން މިހާރު ވަނީ މީހުން ބަދަލުކޮށްފައެވެ.

ދުން ފެތުރެމުންދާތީ ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަމާލުކަން ދެންވީ ކަންތައްތައް: އެޗްޕީއޭ

  • ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުނިކުތުން
  • ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުން
  • ނޭވާލާ ނިޒާމް އަދި ހިތުގެ ބަލިތައް ހުންނަ ފަރާތަތްކަށް ދުނުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވޭ
  • ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުން
  • ނޭވާ ކުރުވުން / ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯއްދަވާ