ޚަބަރު

ޓިމޯ ވާނާގެ ކުޅުމާ މެދު ހިތްހަމައެއް ނުޖެހޭ: ޕޮސްޓެކޮގްލޫ


ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ރޭންޖާސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފޯވާޑް ޓިމޯ ވާނާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހޭ ކަމަށް ޓޮޓްނަމް ހޮޓްސްޕާގެ ކޯޗު ޕޮސްޓެކޮގްލޫ ބުނެފިއެވެ.

ރޭންޖާސް އާއި ދެކޮޅަށް ޓޮޓްނަމް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމާއިއެކު ކޯޗު ވަނީ ވާނަރ ބަދަލުކޮށްފަ އެވެ.

އުމުރުން 28 އަހަރުގެ ޖަރުމަންގެ ފޯވަޑް އަތުން މި މެޗުގެ ފުރަތަމަ ހާފުގައިވަނީ 16 ފަހަރު މަތިން ބޯޅަ ގެއްލިފައެވެ.

މި މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު ވާނާރގެ ބަދަލުގައި ކޯޗު ކުޅެން އަރުވާފައިވަނީ ޑެޖާން ކުލުސެވްސްކީ އެވެ. އޭނާ ވަނީ މެޗުގެ 75 ވަނަ މިނިޓުގައި ލަނޑެއް ޖަހާފަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޓެކޮގްލޫ ބުނެފައިވަނީ ވާނަރ އަކީ ޖަރުމަނުގެ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިއަކަށް ވެފައި އަދި ޕްރޮފެބަނަލް ކެރިއަރުގައި އެތައް އަހަރެއް ކުޅެފައިވާ ކުޅުންތެރިއެއްގެ ފަރާތުން އެފަދަ ކުޅުމެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޖަރުމަނުގެ ލެއިޕްޒިގް އިން ލޯނެއްގެ ދަށުން ޓޮޓްނަމް އަށް ކުޅެމުންދާ ވާނާރ އެ ކްލަބަށް މިހާތަނަށް ކުޅެދިން 19 މެޗުގައި ޖެހިފައިވަނީ އެންމެ ގޯލެކެވެ.

އަނިޔާގެ ސަބަބުން ޓޮޓްނަމްގެ ރިޗަލިސަން އާއި ވިލްސަން އޮޑޮބާޓް ކުޅުމާއި ދުރުގައި ތިބިއިރު ޕޮސްޓެކޮގްލޫ ބުނެފައިވަނީ އޭނާ ބޭނުންވަނީ ކޮންމެ ކުޅުންތެރިއަކަށްވެސް ލިބޭ ފުރުސަތުގެ ބޭނުން ހިފާ ރަގަޅު ކުޅުމެއް ދެއްކުމަށް ކަމަށެވެ.