ކުޅިވަރު

ތަށި ދިފާއުނުވީ އޭސީ މިލާން ދެއްކި ފަދަ ރޫހެއް ނެތުމުން: މާޓިނޭޒް


އިޓާލިއަން ސުޕަ ކަޕުގެ ފައިނަލުން ބަލިވީ، ޗެމްޕިއަންކަން ހޯދި އޭސީ މިލާނުން ދެއްކި ފަދަ ރޫހެއް ނެތުމުން ކަމަށް ތަށި ދިފާއުކުރަން ނުކުތް އިންޓަރ މިލާންގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒް ބުނެފިއެވެ.

މެޗަށ ފަހު ވާހަކަ ދައްކަމުން 27 އަހަރުގެ ކެޕްޓަން ބުނީ މެޗުގެ ފުރަތަމަ ދެ ލަނޑު ޖެހުމާއެކު އޭނާގެ ޓީމުން ކުޅުން ހުއްޓާލައި ބަލަންތިބީ ކަމަށެވެ.

"
މިއާ ހިލާފަށް އޭސީ މިލާން ކުޑަވެސް ނުދެއްނުދޭ. އެމީހުން ގަބޫލުކުރި މެޗުން މޮޅުވެވޭނެ ކަމަށް ފަހު ވަގުތާ ހަމައަށް ވެސް. އެފަދަ ރޫހެއް އަހަރުމެން ޓީމުގައި ނެތީ. ކަން މިހެން އޮތަސް އަހަރުމެންނަށް ޗާންސް ލިބުނު މޮޅުވާން. އަހަރެންނަށް ވެސް އެއް ފުރުސަތު ލިބި ބޭނުން ނުހިފުނު. އެހެންވީމާ މިއީ އެމީހުން މޮޅުވުން ހައްގު މެޗެއް
ލައުޓާރޯ މާޓިނޭޒް

މެޗުގެ ފުރަތަމަ ލަނޑު ޖެހި އާޖެންޓީނާގެ ފޯވަޑް ބުނީ އޭސީ މިލާނުގެ އެންމެ ވަރުގަދަ ހަތިޔާރަކީ ކައުންޓަ އެޓޭކް ކަމަށާއި ނަމަވެސް އިންޓަމިލާނަށް އިދިކޮޅު ޓީމުގެ ކުޅުންތެރިން ރަނގަޅަށް މާކް ނުކުރެވުނު ކަމަށެވެ.

"
މިކަހަލަ މެޗެއްގައި ފެނިގެންދާ ކޮންމެ އެޕިސޯޑަކާއެކު މެޗުގެ ނަތީޖާ ބަދަލުވެގެންދާނެ. އަހަރުމެން ދެ ގޯލުން ކުރީގައި އޮވެފައި އެމީހުން ސްކޯކުރަން ފެށުމާއެކު ވަރަށް ބޮޑަށް ހާސްވާން ފެށި. މެޗު ބަދަލުވި ގޮތް ބުނެދޭން ވެސް ނޭނގެ. އެކަމުން އަރައިނުގަނެވުނު
ލައުޓާރޯ މާޓިނޭޒް

މިއީ މި ސީޒަނުގައި އޭސީ މިލާން އަތުން އިންޓަ ބަލިވި ދެ ވަނަ ފަހަރެވެ.