ސްޕެނިޝް ސުޕަކަޕް ފައިނަލުގެ ކުރިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގެ މެދުތެރެއިން ބާސެލޯނާގެ ދެ ކުޅުންތެރިން ކޯޗު ހަންސީ ފްލިކާއެކު މުހިންމު ބައްދަލުވުމެއް ބާއްވަން އެދިއްޖެ އެވެ.
އެންމެ ފުރަތަމަ ކޯޗަށް މެސެޖްކުރީ ޑިފެންޑަރު އުގުރުއާއީގެ ރޮނަލްޑް އަރައުހޯ އެވެ. އޭގެ ދެތިން މިނިޓް ފަހުން ކެޕްޓަން ބްރެޒިލްގެ ރަފީނިއާ އެވެ. މި ދެ ކުޅުންތެރިން ކޯޗަށް މެސެޖްކުރިއިރު އަރައުހޯ އިޓަލީގެ ޔުވެންޓަސް ވިއްކާލަން ބާސެލޯނާ ދިޔައީ މަޝްވަރާކުރަމުންނެވެ. އެކަމަކު އެއީ ކުޅުންތެރިޔާ އެކަމަށް އެއްބަސްވާނަމަ އާއި 70 މިލިއަން ޔޫރޯ އަށްވުރެ މަގީ އަގެއް ހުށަހަޅާނަމަ އެވެ. ބާސެލޯނާގައި ރަފީނިއާ އަކީ އަރައުހޯގެ ބެސްޓް ފްރެންޑެވެ.
މި ދެ ކުޅުންތެރިންގެ މެސެޖް ލިބުމާއެކު އެކަން ކޯޗުގެ ސަމާލުކަމަށް ގެނައީ ޕްރެސް ކޮންފަރެންސް ބޭއްވި ތަނުގައި ހުރި ބާސެލޯނާގެ ޓެކްނިކަލް އޮފިޝަލް އާނައު ބްލަންކޯ އެވެ.
"މިސްޓަރ، އަރައުހޯ އާއި ރަފީނިއާ އާއި (ވީ އެންމެ އަވަހަކަށް) ބައްދަލުކުރަން ބޭނުންވޭހަންސީ ފްލިކް
މިކަން ހިނގުމާއެކު ނޫސްވެރިން ވަގުތުން ސުވާލުކުރި އެވެ. ޖަވާބުގައި ކޯޗު ބުނީ އަރައުހޯ އޭނާގެ ޓީމުގައި ހުރުމަށް އަބަދުވެސް އެދޭ ކަމަށެވެ.
"އޭނާ އަކީ އެންމެ މޮޅު އެއް ސެންޓްރަލް ޑިފެންޑަރު. އޭނާ އަހަރެންގެ ޓީމުގައި ހުރުމަށް އަހަރެން އަބަދުވެސް އެދެން. އޭނާ އަކީ ވަރުގަދަ ކުޅުންތެރިއެއް. ފައިނަލް މެޗުގައި އޭނާ އަށް ކުޅެވޭތީވެ އެއީ އަހަރުމެންނަށް ލިބޭ އިތުރު އޮޕްޝަނެއް. އަހަރެންގެ ނަޒަރުގައި މިކަމާ ވާހަކަ ދައްކާ ވެސް ނުޖެހޭ. އަހަރެން ބޭނުންވަނީ އޭނާ ޓީމުގައި ހުންނަންހަންސީ ފްލިކް
ރެއާލް މެޑްރިޑާ ދެކޮޅަށް ފައިނަލަށް ނުކުންނައިރު ޓީމުގައި ކޯޗަށް ގޮތެއް ނުނިންމި އޮތީ ފުރަތަމަ 11ގެ ދެ މަގާމަކާމެދުގަ އެވެ. އެއީ މިޑްފީލްޑަރު ގަވީ އާއި ޑެނީ އޮލްމޯ ކުރެ ކުޅުވާނެ މީހަކު ނިންމުމާއި އެއްވަނަ ކީޕަރުކަން ކުރާނެ މީހަކު ނިންމުމެވެ. މިހެންވެ އަރައުހޯ އިންނާނީ ބެންޗުގައި ކަން ޔަގީނެވެ.
ނަމަވެސް ކޯޗު ފްލިކަށް އިއްޔެ އަކީ މެޗަށް ތައްޔާރުވުމަށްވުރެ ބޮޑަށް މީޓިންތަކުގައި ބިޒީކޮށް އުޅެންޖެހުނު ދުވަހެކެވެ. ހެނދުނު ހެނދުނާ އޭނާ ދިޔައީ ޕްރެސްކޮންފަރެންސަށެވެ. އޭގެ ފަހުން ރެއާލް މެޑްރިޑްގެ ކޯޗާއެކު ފޮޓޯ ޝޫޓެއްގައި ބައިވެރިވި އެވެ. އޭގެ އަރައުހޯ އާއި ރަފީނިއާއާއެކު ބައްދަލުކުރި އެވެ. ފަހުން މެނޭޖްމަންޓާއެކު ޓްރާންސްފާ މާކެޓްގެ މަޝްވަރާތައް ބޭއްވި އެވެ. ހަވީރު ބާސެލޯނާގެ ހުރިހާ ކުޅުންތެރިންގެ ބައްދަލުވުމެއް ވެސް އޮތެވެ.