ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަޤާމުގައި ހުންނެވި ހަސަން ލަތީފާއި ޕާޓީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުހައްމަދު ޝިފާޒް އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ދަ ޑިމޮކްރެޓްސްގެ ރައީސްއާއި ނައިބު ރައީސް ޕާޓީން ވަކިވެވަޑައިގެންނެވިކަން އެ ޕާޓީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި އެ ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން އެ ޕާޓީން ހާމަކޮށްފައެވެ.
އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ހަސަން ލަތީފަކީ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި މުހައްމަދު ޝިފާޒްއަކީ އެމްޑީޕީގެ ނައިބު ރައީސްގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.