ކުޅިވަރު

ތަށި ލިބުމުން، މިހުރީ ވަރަށް އުފަލުން: ރަފީނިއާ


ސްޕެނިޝް ސުޕަ ކަޕް ތަށި ލިބުމުން އޭނާ މިހާރު ހުރީ ވަރަށް އުފަލުން ކަމަށް ބާސެލޯނާގެ ބްރެޒިލް ފޯވަޑް ރަފީނިއާ ބުނެފި އެވެ.

ސައޫދީ އަރަބިއާގައި ރޭ ކުޅުނު ފައިނަލް މެޗުގައި 5-2އިން ރެއާލް މެޑްރިޑް ބަލިކުރި ރަފީނިއޯ ވަނީ ދެ ގޯލު ޖަހައިފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ކުޅުންތެރިޔާ، މެޗަށް ފަހު އޭނާ ބުނީ ބާސެލޯނާ އަށް ކުޅެން އޭނާ ބަދަލުވީ ތަށި ހޯދަން ކަަމަށެވެ.

"
އަހަރެން މޮޅަށް ކުޅުމެއްނޫން އެންމެ މުހިންމު ކަމަކީ. އެންމެ މުހިންމީ ޓީމެއްގެ ގޮތުގައި ކުޅެ ތަށި ހޯދުން. އަހަރެން މޮޅަށް ނުކުޅަނަސް ތަށި ލިބޭނަމަ އުފާވާނެ. މިހާރު މިހުރީ ވަރަށް އުފަލުން،
ރަފީނިއާ

އޭނާ ބުނީ ސްޕެނިޝް ސުޕަކަޕް ކާމިޔާބު ކުރެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ބާސެލޯނާ އާއި އޭނާ ވެސް ދެކޭ ގޮތުގައި މި މުބާރާތަކީ ވަރަށް މުހިންމު ތައްޓެއް ކަމަށެވެ.

"
ސަބަބަކީ މި ތަށީގެ ސަބަބުން އަހަރުމެންގެ އިތުބާރު ކުރިއަށް އޮތް ސީޒަނަށް ވަރަށް ބޮޑުވާނެ. މިތައްޓާއެކު ވަަރށް ބޮޑު އިތުބާރެއް ލިބިގެން ހިނގައްޖެ. އަހަރުމެން ރެއާލްގެ މައްޗަށް މިއީ ބޮޑު މޮޅެއް ހޯދި ދެ ވަނަ ފަހަރު މި ސީޒަނުގައި. މިއީ އަހަރުމެން ދުރާލައި ތައްޔާރުވުމުގެ ނަތިޖާ. ކޯޗު އަހަރުމެންނަށް އިތުބާރު ކުރޭ. އަހަރުމެން ވެސް ކޯޗަށް އިތުބާރުކުރަން. އޭނާގެ މަސައްކަތް ވަރަށް ރަނގަޅު
ރަފީނިއާ

ރަފީނިއާ ދެ ގޯލު ޖެހި މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ރެއާލްގެ ކީލިއަން އެމްބާޕޭ އެވެ. މެޗުގެ ނަތީޖާ 5-2އަށް ބަދަލުވީ ބާސެލޯނާ ފަސް ލަނޑު ޖެހި ފަހުން ރެއާލްގެ ރޮޑްރީގޯ ޖެހި ލަނޑުންނެވެ. މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖެހީ ލަމީން ޔަމާލެވެ. މެޗަށް ފަހު އޭނާ ބުނީ ރެއާލްއިން ލީޑް ހޯދި ނަމަވެސް މެޗުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

"
އަހަރުމެން މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވިން. މީގެ ސަބަބުން ލީޑް ގެއްލުނު ނަމަވެސް އަހަރުމެންނަށް އިތުބާރު އޮތް މެޗުން މޮޅުވެވޭނެ ކަމަށް. އަހަރުމެން ފުރަތަމަ ހާފުގައި ބޮޑު ލީޑެއް ހޯދުމަކީ އޭގެ ހެއްކެއް،
ލަމީން ޔަމާލް

ތަށި ހޯދުމަށް ބާސެލޯނާ މިހާރު ވަނީ މިއަދު ހެނދުނު ސްޕޭނަށް ގޮސްފަ އެވެ. ކޯޗު ހަންސީ ފްލިކް ވަނީ ކުރިއަށް އޮތް ކޮޕާ ޑެލްރޭ މެޗުގެ ކުރިން ޓީމުގެ ކުޅުންތެރިންނަށް އެއް ދުވަހުގެ ރެސްޓެއްދީފަ އެވެ.