ޔޫއެންޑީޕީގެ އެހީތެރިކަމާއިއެކު، ކުރިއަށް ގެންދާ މޯލްޑިވްސް ރެޒިލިއަންޓް ރީފް އިކޯސިސްޓަމް އެންޑް އިކޮނޮމީ ފޯ ފިއުޗަރ ޕްރޮޖެކްޓުގެ ސްޓިއަރިން ކޮމެޓީ މަސައްކަތް ފަށައިފިއެވެ.
މިމަޝްރޫޢުއަކީ، ގްލޯބަލް ފަންޑް ފޯރ ކޮރަލް ރީފް، ޖީއެފްސީއާރްގެ އެހީތެރިކަމާއެކު ރާއްޖޭގެ ފަރުތައް ހިމާޔަތްކުރުމާއި ތިމާވެއްޓާއި ގުޅުންހުރި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ހޯދުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިމަޝްރޫޢު ފުރަތަމަ ފިޔަވަހީގައި، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ނޭޗަރ ޕާކު މަރަމާތުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާއި ގުޅޭ އެއްބަސްވުމުގައި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގައެވެ. މި އެއްބަސްވުމުގެ ދަށުން ދެ ސިޓީގައިވެސް މިހާރު ތަރައްޤީކޮށްފައިވާ ނޭޗަރ ޕާކުތައް މަރާމާތުކޮށް ވަސީލަތްތައް ފުރިހަމަ ކުރުމަށް، ވަނީ ހަމަޖެހިފައެވެ. މިމަސައްކަތައް 2 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މިމަސައްކަތް ކުރިއަށް ގެންދިއުމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއި ޔޫއެންޑީޕީގެ ގުޅިގެން ސްޓިއަރިން ކޮމެޓީއެއް އުފައްދާ އެކޮމެޓީގެ މަސައްކަތް ފަށާފައިވާކަން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަތަކާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވަނީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ. އެގޮތުން މި މަޝްރޫޢޫގެ ފުރަތަމަ ފިޔަވަހީގައި ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ދެ ސިޓީގެ ނޭޗަރ ޕާކުތައް ތަރައްޤީކުރެވޭއިރު، ކުރިއަށް އޮތް ތަނުގައި މިމަޝްރޫޢުގެ ތެރެއިން ތިމާވެށި ހިމާޔަތް ކުރުމަށް، އެ ރަށެއްގެ ދިރިއުޅޭ ފަރާތްތަކާއި، ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
Minister @thoriqibrahim together with @UNDPMaldives, co-chaired the First Project Steering Committee Meeting of the Maldives Resilient Reef Ecosystem and Economies for the Future (Maldives RREEF) Project, funded by @GlobalFundCoral, highlighting the importance of working together… pic.twitter.com/jNfIhHzsCK
— Min. of Climate Change, Environment and Energy (@MoEnvmv) January 27, 2025
މި ކޮމެޓީގެ ފުރަތަމަ ބައްދަލުވުން، ޗެއަރ ކޮށްދެއްވީ ވަޒީރު ތާރިޤް އިބްރާޙިމްއެވެ. ކޮމެޓީގައި ޔޫއެންޑީޕީގެ ފަރާތުން ކޯ ޗެއަރކޮށްދެއްވީ ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާއެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢު، މިހާރު ސޮއިކުރެވިފައިވާ ގޮތުން 8 އަހަރަށް ދެމިގެންދާނެކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި މިމަސައްކަތަށް 51 މިލިއަން ރުފިޔާގެ އެހީއެއް 5 އަހަރު ތެރޭގައި ދިނުމަށް އޮސްޓްރޭލިއާ ސަރުކާރުން ވަނީ ނިންމާފައެވެ.
މޯލްޑިވްސް ރެޒިލިއަނަޓް ރީފް ޕްރޮޖެކްޓް ރަސްމީކޮށް ފެށިއިރު، ސަރުކާރުން ވަނީ މިޕްރޮޖެކްޓްގެ ތެރެއިން ކަނޑުފަޅުތަކުގެ މަސައްކަތް ކުރާ ދިވެހި ކުންފުނިތަކަށް ބޭރުގެ އެހީތެރިކަން ހޯދައިދީގެން އެކުންފުނިތައް މެދުވެރިކޮށް ކަންކަން ކުރުވަން މަސައްކަތްކުރާކަން ހާމަކުރައްވާފައެވެ. އަދި މި މަޝްރޫޢޫގެ ތެރެއިން ރާއްޖޭގެ ޤުދުރަތީ ފަރުތައް އަގު ކުރުމުގެ މަސައްކަތެއްވެސް ކުރިއަށް ގެންދާނެކަަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.