މާލޭގެ ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މި ޙާދިސާ ހިނގާފައިވަނީ ލޮނުޒިޔާރަތްމަގު ރަންފައުން ހާޑްވެއަރ ހުންނަ ހ. ކުއްޅަވައްދޮށުގޭގެ 3 ވަނަ ފަންގިފިލާގައެވެ.
އެ ސަރަޙައްދުގައި ހުރި ޕީއެސްއެމް ނިއުސްގެ ނޫސްވެރިއަކު މަޢުލޫމާތުދިންގޮތުގައި އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމާއި ފުލުހުން މިވަގުތު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަހައްދުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރިކަމަށް ވެއެވެ.
އިތުރު ތަފްޞީލު އަންނަނީ....