ހ. ކުއްޅަވައްދޮށުގޭގައި މިރޭ ރޯވި އަލިފާންގަނޑު ނިންވާލައިފިއެވެ.
މި ޙާދިސާގައި ރޯވެފައިވަނީ ހ. ކުއްޅަވައްދޮށުގޭގެ 3 ވަނަ ފަންގިފިލާގައެވެ. މި ޙާދިސާ ހިނގުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމާއި ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ މަޢުލޫމާތެއް ލިބިފައެއްނުވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްއެންޑީއެފްއިން ވިދާޅުވީ، އެ ގޭގައި ރޯވި އަލިފާންގަނޑު މިހާރު ނިންވާލާފައިވާކަމަށެވެ. އެހެންނަމަވެސް އަދިވެސް ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު އެ ސަރަޙައްދުގައި ހުރުމުން ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުންދާކަމަށެވެ.