ގއ. ވިލިގިނލީގައި އިއްޔެގެ ވަގުތެއްގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބެލުމަށް ޖިނާޢީ ތަޙުޤީޤެއް ހިންގުމަށް ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ކުއްޖާއާއި މަންމަ މަރުވި ހާދިސާގައި ޖިނާޢީ ތަޙުޤީޤެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގާފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ކުއްޖާއާއި މަންމަ ނިޔާވެފައިވަނީ ސިޒޭރިއަން ހެދުމަށްފަހުއެވެ.
ގއ. ވިލިގިލީގައި އިއްޔެގެ ވަގުތެއްގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާޢީ ތަހުގީގެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުންވަނީ ދިވެހި…
— Minister of Homeland Security & Technology (@min_mohst) February 7, 2025
މަންމާއާއި ދަރިފުޅު ނިޔާވި މައްސަލަ ޞިއްޙީ ވުޒާރާއިން އިސްނަގައިގެން ބަލަން ފަށާފައިވާކަންވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި ހާދިސާ ރިވިއުކުރަމުންދާ ކަމަށެވެ. އަދި މިކަން ހިނގާ ދިޔަ ގޮތް ބަލާނެ ކަމަށާއި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށްވެސް ޞިއްހީ ވުޒާރާއިން ވިދާޅުވިއެވެ.
We are deeply concerned and saddened about the tragic incident at GA. Atoll Hospital. Ministry of Health is currently reviewing the case. We will look into all details in depth and take necessary actions accordingly.
— Ministry of Health (@MoHmv) February 6, 2025
މަޢުލޫމާތު ލިބޭ ގޮތުގައި ކުއްޖާގެ މަންމަ ނިޔާވީ މިދިޔަ އަންގާރަ ދުވަހު ވިލިނގިލީ ހޮސްޕިޓަލުގައި އެޑްމިޓުކުރުމަށްފަހު، ހާލު ސީރިއަސްވާން ފެށުމުން ސިޒޭރިއަން ހެދުމަށްފަހުއެވެ. އަދި އޭނާ ނިޔާވީ އިތުރު ފަރުވާއަށް މާލެ ގެންނަން ކޫއްޑޫ އެއަރޕޯޓުގައި ތިއްބާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންކަމަށްވެސް މަޢުލޫމާތު ލިބެއެވެ.