ކުޅިވަރު

ރޯހިތު 7 ފަހަރު ހަޔަކަށް، 12 ފަހަރު ހަތަރަކަށް ޖަހައިފި


އިންޑިއާގެ ކެޕްޓަން ރޯހިތު ޝަރުމާގެ މޮޅު ކުޅުމާއެކު އިންގްލަންޑް ބަލިކޮށްފިއެވެ.

ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަށް ތައްޔާރުވާން ކުޅުނު މެޗުގައި ރޯހިތު ވަނީ ހަތް ފަހަރު ހަޔަކަށް އަދި 12 ފަހަރު ހަތަރަކަށް ޖަހައިފަ އެވެ، މިއީ 119 ބޯޅައިން 90 ލަނޑެވެ.

ދަނޑުގެ ލައިޓްތައް ނިވި، ބައިގަނޑިއިރު ކުޅުން މެދުކަނޑާލަން ޖެހުނު ނަމަވެސް ހަތަރު ވިކެޓުން އިންޑިޔާ މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދިނީ ވެސް ރޯހިތެވެ. އޭނާ މި މެޗަށް ނުކުތުމުގެ ކުރިން ހުރީ ވަރަށް ޕްރެޝަރުގަ އެވެ. ސަބަބަކީ ފަހަކަށް އައިސް ކުޅުން ދަށްވެ، އިންޑިޔާގެ ނޫސްވެރިންނާއި ކުރީގެ ކުޅުންތެރިންގެ ފާޑުކިއުން ވަރަށް ބޮޑުވެފައިވާތީ އެވެ.

މެޗަށް ފަހު އޭނާ ބުނީ މި މެޗުގައި ދެއްކުނު ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި ކަމަށެވެ.

"މިއީ ވަރަށް ރަނގަޅު ނަތީޖާއެއް. އަހަރެން މިހުރީ ނަތީޖާ އާއި ކުޅުމާމެދު ވެސް ވަރަށް ބޮޑަށް އުފާވެފައި. މި މެޗުގައި ޓީމަށް ލަނޑުތަކެއް ހަދައިދެވުމުން ވަރަށް އުފާވެއްޖެ. ހަގީގަތުގައި ވެސް މިއީ ވަރަށް މުހިންމު މޮޅެއް،" ރޯހިތް ބުންޏެވެ.

މި މެޗުގައި އިންޑިޔާ އަށް ހެދުނީ 305 ލަނޑެވެ. އިނގިރޭސިންނަށް ހެދުނީ 304 ލަނޑެވެ. އިނގިރޭސި ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 65 ލަނޑު ޖެހީ ބެން ޑަކެޓް އާއި 69 ލަނޑު ހެދި ޖޯ ރޫޓެވެ.