ޚަބަރު

"11 މެމްބަރަކު ވޯޓުގައި ބައިވެރިނުވާކަމަށް ބުނެ ފަތުރަނީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް"


  • ބައެއް މެމްބަރުން ތިއްބެވީ ރަށުން ބޭރުގައިކަމަށް ޕީއެންސީން ބުނޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި ޕީއެންސީގެ ގިނަ މެމްބަރުންތަކެއް ބައިވެރިވެވަޑައި ނުގަންނަވާކަމަށް ބުނެ ފަތުރަނީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީ، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި އިސްލާހު ބަލައިގަތުމާއި ނެގި ވޯޓުގައި ޕީއެންސީގެ 9 މެމްބަރަކު ބައިވެރިވެވަޑައި ނުގަންނަވާކަމަށް ބުނެ ފަތުރަމުންދަނީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ.

ފަލާހު ވިދާޅުވީ ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވި 11 މެމްބަރުންގެ ތެރެއިން 9 މެމްބަރަކު މިވަގުތު އުޅުއްވަނީ ޕާޓީގެ ދަތުރުތަކުގައި މާލެއިން ބޭރުގަކަމަށެވެ. ނަމަވެސް ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވި ޕީއެންސީގެ 2 މެމްބަރަކު ތިއްބެވިކަމަށާއި، އެކަން އެހެން ދިމާވި ސަބަބު ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރޝިޕުން މިހާރު ބަލަމުންދާކަމަށް ފަލާހު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސުޕްރީމް ކޯޓުގައި މިހާރުތިބި ފަނޑީޔާރުންގެ އަދަދު 7 އިން 5 މަދުކުރުމަށް ހުށަހެޅި އިސްލާހު ވަނީ 64 މެމްބަރުންގެ އަޤްލަބިއްތުން ބަލައިގެންފައެވެ.