ޚަބަރު

އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ


  • މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި

  • އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް

އައްޑޫސިޓީ ހަންކެޑެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއެކްސިޑެންޓްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ދާދި ފަހުން ބޭނުން ކުރަން ފެށި އައްޑޫސިޓީ ބްރިޖުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި މަރަދޫން ހިތަދޫއަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ބްރިޖުގެ ފެންސުގައި ޖެހިންގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިއެކްސިޑެންޓްގައި އަނިޔާވި މީހާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. މިއެކްސިޑެންޓްގައި ނިޔާވެފައިވަނީ ގ.ނައިޓް ޑްރީމް އުމުރުން 24 އަހަރުގެ ލީވާން ޢަބްދުއްސައްތާރެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.