ޚަބަރު

މެލޭޝިޔާއިން ދިވެއްސަކު ގެއްލިގެން ހޯދަނީ


  • މަޢުލޫމާތު ލިބޭ ގޮތުގައި ހޯދަމުންދަނީ ދިވެހި ފިރިހެނެއް

މެލޭޝިޔާއިން ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޚާރިޖީ ވުޒާރާއިން ވިދާޅުވީ މެލޭޝިޔާއިން ދިވެއްސެއް ގެއްލިގެން އުޅޭ ޚަބަރު އެ ވުޒާރާއަށް ލިބިފައިވާ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތްކު ރަމުންދާކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ އަޙްމަދު އުސެއިދު އިބްރާހިމް އަފީފް ނަމަކަށް ކިޔާ ޒުވާނެކެވެ.