އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އައިޝަަތު އުލްޔާ ޝާއިގު އައުކޮށްފިއެވެ.
އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ ޔޫ.ޑަބްލިއު.އެސް.ސީ (ދަ ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިންގ ކްލަބް) ކްލަބް ނައިޓް ނަންބަރު 5 ގައި އުލްޔާ މިރެކޯޑް އާކޮށްފައިވަނީ އެއް މިނެޓި 4.32 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އަމްނާ ތަޒްކިޔާ މިރުޞާދު އެވެ. އެއީ، މިދިޔަ އަހަރު ސްރީ ލަންކާގައި ބޭއްވުނު އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އެއް މިނެޓު 5.03 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.