ޚަބަރު

ރޯދަ ބަދިގެ: "ބަޓާޓާ ހަރާ"


  • މިއީ އަލުވި ބޭނުންކޮށްގެން ތައްޔާރުކުރާ ޢަރަބިކް ޑިޝެއް

  • ސައިޑް ޑިޝެއްގެ ގޮތުގައި ބޭނުންކުރެވޭނެ

މިއަދުގެ ރޯދަ ބަދިގޭގައި ގެނެސްދޭނީ އަލުވިން ތައްޔާރުކުރާ އަރަބިކް ޑިޝްއެއްކަމަށްވާ "ބަޓާޓާ ހަރާ" އެވެ. މިއީ ސައިޑް ޑިޝްއެއްގެ ގޮތުގައި ތައްޔާރުކޮށްލެވިދާނެ މީރު އެއްޗެކެވެ.

ބޭނުންވާ ތަކެތި:

ޕެޕްރިކާ
ކޮތަނބިރި ޕައުޑަރ
ދިރި މުގުރާފަ
ފްރެޝް ކޮރިއަންޑަރ ލީފް
އަސޭމިރުސް
ހިކިމިރުސް މުގުރާފަ
ބަޓަރ
ޗެޑާ ޗީސް
ލޮނުމެދު
އަލުވި ކިއުބްކޮށް ކޮށާފަ

ތައްޔާރުކުރާނެ ގޮތް:

މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ، މީރު ސައިޑް ޑިޝްއެކެވެ. ފުރަތަމަ އަލުވިކޮޅު ކިއުބްކޮށް ކޮށާލާފައި، އަވަނުގައި ނުވަތަަ ތަވައެއްގައި ފިހެލާނީއެވެ. މިއީ ރޯފިލުވާލުމަށެވެ.

ދެން ތަވަޔަކަށް ތެޔޮފޮދެއް އަޅާ، ލޮނުމެދުކޮޅު މިލުވާލާނީއެެވެ. އެއަށްފަހު، ރޯފިލުވި އަލުވިކޮޅި އަޅާނީއެވެ. ދެން ޕެޕްރިކާ، ކޮތަނބިރި ޕައުޑަރ، ދިރި، އަސޭމިރުސް، މުގުރި ހިކިމިރުސް އަޅާ އަލުވިކޮޅާއެކު އެއްކޮށްލާނީއެވެ. އެންމެ ފަހުން، ކޮށާފައި ހުރި ފްރެޝް ކޮރިއަންޑާ ލީފްކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާނީއެވެ.

އެއްކުރި އަލުވިކޮޅު ތައްޓަކަށް އަޅާ، އޭގެ މައްޗަށް ބަޓަރ އަދި ޗެޑަރ ޗީސްކޮޅު އަޅާލުމަށްފަހު، އަވަނުގައި 2-3މިނެޓު ފިހެލާނީއެވެ. އޭރުން "ބަޓާޓާ ހަރާ" ތައްޔާރުވީއެވެ.

ކޮންމެ ދުވަހަކު ގެނެސްދޭ "ރޯދަ ބަދިގެ" ގެނެސްދެނީ ހުޅުލެ އައިލެންޑް ކޮޓެލްގެ އެހީތެރިކަމާއެކުއެވެ.