ޚަބަރު

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި 2 ކުއްޖަކު ހައްޔަރުކޮށްފި


  • ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި މި މާރާމާރީ ހިންގާފައިވަނީ ކުޑަކުދިން ތަކެއްގެ މެދުގައި

  • އެއް ކުއްޖަކު ވަނީ ޒަޙަމްވެފައި

  • އިތުރު 4 ކުއްޖަކު ވަނީ ހިފަހައްޓާފައި

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި 2 ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މާރާމާރީ ހިންގާފައިވަނީ މިރޭ 10:00 ކަންހާއިރު ހުޅުމާލޭ ފޭސް 2 ގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއްގެ މެދުގައިކަމަށެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި މި މާރާމާރީގައި އެއް ކުއްޖަކު ވަނީ ޒަޙަމްވެފައެވެ.

މި މައްސަލައިގައި 2 ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި، އިތުރު 4 ކުއްޖަކު ހިފެހެއްޓިފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.