ނަރުހުންނާއި ފޫޅުމައިންނަށް އަމާޒުކޮށްގެން އެދާއިރާ ގައި އިޖުތިމާޢީ ކުރިއެރުމަށް ކުރެވޭ މަސައްކަތް ފާހަގަކޮށްދޭ ”ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2025“ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ތައިލޭންޑްގެ ޕްރިންސަސް، ޕްރިންސަސް ސްރީނަގަރިންދްރާގެ އުފަންދުވަހާއި ގުޅުވައިގެން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑެކެވެ.
ސިއްޙީ ވުޒާރާއިން ވިދާޅުވީ މި އެވޯޑަށް ދިވެހިންނަށްވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށާއި ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރީލްމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެ ކަމަށެވެ.
ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑަކީ ނަރުހުންނާއި ފޫޅުމައިންނަށް އަމާޒުކޮށްގެން އެދާއިރާގައި އިޖުތިމާޢީ ކުރިއެރުމަށް ކުރެވޭ މަސައްކަތް ފާހަގަކުރުމަށްޓަކައި ދޭ އެވޯޑެކެވެ.
މި އެވޯޑާ ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ޚާއްޞަކުރެވިފައިވާ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އެ ވުޒާރާއަށް މެއިލް ކުރުމުންވެސް ލިބޭނެކަމަށް ސިއްހީ ވުޒާރާއިން ވިދާޅުވެއެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު މިއަންނަ އެޕްރީލްމަހުގެ 30ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ވުޒާރާގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަން އަށް އެޑްރެސްކޮށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި އެ ޑިވިޜަންގެ އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅިދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ވުޒާރާގެ އީމެއިލް އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް، އުމަރު ޒާހިރު އޮފީސް އިމާރާތުގައި ހުންނަ އެވުޒާރާގެ ކައުންޓަރުންނެވެ.