ކުޅިވަރު

ރަމަޟާން 7ވީ7 ލީގު: އެމްއެސް މޭޓްސް އާއި މުއިވެޔޮ ފައިނަލަށް


މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2025 ގެ ވެޓެރަންސް ކެޓެގަރީގެ ފައިނަލަށް އެމްއެސް މޭޓްސް އާއި މުއިވެޔޮ ފްރެންޑްސް ކުލަބު ދަތުރުކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗަށް ޓީސީ ސްޕޯޓްސް ކުލަބު ހާޒިރު ނުވާތީ އެމްއެސް މޭޓްސް 2-0 ގެ ނަތީޖާއަކުން މޮޅުވީ ކަމަށް ވަނީ ނިންމާފައެވެ. އެކަމަކު މިއަދު ކުޅުނު ދެވަނަ ސެމީ ފައިނަލް މެޗު ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. ކުލަބު ޕީކޭ އާއި މުއިވެޔޮ ފްރެންޑްސް ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން، ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނެލްޓީގައި މުއިވެޔޮ ކުރި ހޯދާފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ދެ ކެޓެގަރީގެ ފައިނަލް މެޗުތައްވެސް ކުޅުމަށް ހަމަޖެހިފަވަނީ މާދަމާއެވެ. މާދަމާ ހަވީރު ކުޅޭ ވެޓެރަންސް ކެޓެގަރީގެ ފައިނަލުގައި އެމްއެސް މޭޓްސް އާއި މުއިވެޔޮ ބައްދަލުކުރާއިރު، މާސްޓަރސް ކެޓެގަރީގެ ފައިނަލުގައި ވާދަކުރާނީ ސޮކަރ ވެޓެރަންސް އާއި އެމްއެސް މޭޓްސްއެވެ.