ޚަބަރު

މިއަދުގެ ވަކި ގަޑިތަކެއްގައި އުޅަނދު ދުއްވުން މަނާކޮށް ނެރުުނު ޢިއުލާން ބާޠިލުކޮށްފި


  • މީގެކުރިން އޮތްގޮތުން ވަކި ގަޑިތަކެއްގައި އުޅަނދެއް ނުދުއްވޭނެ

ޢީދު ދުވަހު އުޅަނދު ދުއްވުން މަނާ ގަޑިތައް ކަނޑައަޅައި ނެރުނު އިޢުލާން ބާޠިލުކޮށްފިއެވެ.

ޢީދު ދުވަހު އުޅަނދު ދުއްވުން މަނާ ގަޑިތައް ކަނޑައަޅައި ދަތުރުފަތުރާ ބެހޭ ވުޒާރާއިން އިޢުލާނެއް ނެރުއްވީ މިދިޔަ ހުކުރު ދުވަހުއެވެ. އެ އިޢުލާނުގައިވާ ގޮތުން މިއަދު 16:00އިން 18:00އާ ހަމައަށް އެއްވެސް އުޅަނދެއް މާލެ ސަރަހައްދުގައި ދުއްވުން މަނާވާނެކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި ބަރު އުޅަނދު ދުއްވުން 23:30 އާ ހަމައަށްވެސް ވަނީ މަނާކޮށްފައެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އަހަރުގެ ފިޠުރު ޢީދު ދުވަހާ ގުޅިގެން މާލެ ސަރަހައްދުގައި އުޅަނދު ދުއްވުން މަނާ ގަޑިތައް ކަނޑައަޅައި، ނެރުނު އިޢުލާން މިހާރު ބާޠިލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހުރިހާ އުޅަނދެއްވެސް މިހާރު ދުއްވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އިޢުލާން ބާޠިލުކުރި ވަކި ސަބަބެއް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައެއް ނުވެއެވެ.