ރާއްޖެއާއި ސަޢުދި ޢަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ސަޢުދީ ސަފީރު ކުރެއްވި މަސައްކަތްތަކަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޝުކުރު އަދާކުރައްވައިފިއެވެ.
ޚާރިޖީ ވަޒީރުޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް ސައުދީ ސަފީރު މަތުރިކް ޢަބްދުﷲ އަލް އަޖަލިން އަލްދުސާރީ ކުރެއްވި ވަދާޢީ ޒިޔާރަތުގައި ދެ ޤައުމުގެ ގުޅުމާއި ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް ވަނީ ދެ ޤައުމުގެ އަޙުވަންތަ ގުޅުން ބަދަހިކޮށް ވަރުގަދަކުރުމަށް ސަފީރުކޮށްދެއްވާފައި މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. މީގެ ތެރޭގައި އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކޮށްދެއްވާފައިވާ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ސަފީރު އަލްދުސާރީ ވަނީ ދިވެހިރާއްޖެއިން ސަފީރާއި ބޭއްވެވި ގާތްގުޅުމަށާއި ދެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ އަޙުވަންތައް ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ ސަފީރު އަލްދުސާރީގެ ދައުރުގައި ގެންގުޅުއްވި އެކުވެރިކަމާއި ގާތްގުޅުން ފާހަގަކުރައްވައި، ރާއްޖެއާއި އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ވަރުގަދަ ގުޅުން ކުރިއަށް އޮތްތަނުގައި އައު ސަފީރާއެކުވެސް ކުރިއަށް ދާނެކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވެފައެވެ.
ސައުދި އަރަބީއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، އަލްދުސަރީ އެ ޤައުމުން ހަމަޖައްސަވާފައިވަނީ 2020 ވަނަ އަހަރުއެވެ.