ކުޅިވަރު

ޔުނައިޓެޑް ވިކްޓަރީ އަތުން ނިއުއަށް ފަސޭހަ މޮޅެއް


ޔުނައިޓެޑް ވިކްޓަރީ އަތުން ހޯދި ފަސޭހަ މޮޅާއެކު ނިއުރޭޑިއަންޓް ލީގު ތާވަލުގެ ހަތަރުވަނަޔަށް ކުރިޔަށް ޖެހިލައިފި އެވެ.

ނިއުރޭޑިއަންޓުން ރޭ ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކާމިޔާބު ހޯދީ 0-3 ކުންނެވެ.

ފުރަތަމަ ގޯލް މެޗުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިއްޒަތު އަބްދުލް ބާރީ އެވެ. މީ ނިޔާޒު ނަގައިދިން ހުރަހަކުން ސިޒާރސް ކިކަކުން އޭނާ ޖެހި ރީތި ގޯލެކެވެ. ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ނިއުރޭޑިއަންޓުގެ ލީޑް ދެގުނަކޮށްދިނީ ޤައުމީ ޓީމްގެ ފޯވާޑް ހަމްޒާ އެވެ. މީ އަމިއްލަ ހުނަރު ދައްކާލުމަށްފަހު އޭރިޔާތެރެޔަށްވަދެ ކުޅުންތެރިޔެއް ގައިން ނައްޓާލުމަށްފަހު އޭނާ ޖެހި ގޯލެކެވެ.

ނިއުރޭޑިއަންޓުގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު އަޙުމަދު ނިޔާޒެވެ. މި ގޯލް ނިޔާޒް ޖެހީ އެކަނި އޭރިޔާތެރެޔަށް ވަދެ ޑިފެންޑަރެއް ގައިން ނައްޓާލުމަށްފަހު އެވެ.

މީ އެންމެ ފަހުގެ ޗެމްޕިއަނުންނަށް މި ސީޒަނުގައި ކާމިޔާބުކުރެވުނު 3 ވަނަ މެޗެވެ. ނިއުރޭޑިއަންޓާއި އެއްވަނައިގައި އޮތް މާޒިޔާއާއި ދެމެދު 7 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މި ސީޒަނުގައި ކުޅުނު ނުވަ މެޗުން ނިއުރޭޑިއަންޓަނަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.

ނިއުރޭޑިއަންޓާ އެއްވަރަކަށް ޕޮއިންޓް ލިބިފައިވީނަމަވެސް ޔުނައިޓެޑް ވިކްޓަރީ ފަހަތުގައި އޮތީ ގޯލްގެ ތަފާތުންނެވެ.