ޚަބަރު

އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިން އެރައިވަލް ކާޑު ފުރަންޖެހޭނެ


  • ތައިލޭންޑުން ދިވެހިންނަށް 90 ދުވަހުގެ އެންޓްރީ ވިސާ ލިބޭ

ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ޤައުމަށް އެތެރެވުމުގެ ކުރިން ފުރަންޖެހޭ ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.

ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކާއެކު މޭމަހުގެ 1 ވަނަ ދުވަހުން ފެށިގެން ތައިލޭންޑަށް ދަތުރުކުރާ ކޮންމެ މީހަކުވެސް އޮންލައިންކޮށް އެރައިވަލް ކާޑެއް ފުރަންޖެހޭގޮތަށް ވަނީ އުސޫލުތައް ބަދަލުކޮށްފައެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ މިބަދަލާއި ގުޅިގެން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާކަމަށެވެ. އަދި، ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ"ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެހެންކަމުން އެ ޤައުމަށް ދަތުކުރާ ދިވެހި އެރައިވަލް ކާޑު ފުރުއްވުމަށް ސަމާލުވުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ރާއްޖެއިން ބޭރު ޤައުމުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން އެޤައުމެއް ޤާނޫނާއި ޤަވާއިދުތަކަށް ފަރުވާތެރިވުމަށް އިލްތިމާސްކުރައްވާފައެވެ.