ޚަބަރު

އޯލެވެލް ހަދާ ދަރިވަރުންނަކީ ޤައުމު ފަޚުރުވެރިވާނެ ޚިދުމަތްތެރި ދަރީންނަށް ވާނެ ކަމަށް އުއްމީދުކުރަން: ރައީސް


  • ދަރިވަރުންނަށް ހިތްހަމަޖެހޭ ފާގަތި ދުވަސްތަކަކަށް އިމްތިޙާނުގެ މުއްދަތު ވުންކަމަށް ރައީސް ވިދާޅުވި

  • އޯލެލްވެލް އިމްތިހާނު މިފަހަރު ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިއަށް ގެންދާނެ

މިއަހަރު އޯލެވްލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަކީ ކާމިޔާބީ ހޯދާ، ޤައުމު ފަޚުރުވެރިވާނެ ދަރިވަރިންވަރުންނަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އޯލެވްލް އިމްތިހާނު ފެށުމާއި ގުޅިގެން، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މިއަހަރުގެ އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނަށް ތައްޔާރުވުމަށް ހުރިހާ ދަރިވަރުން ކުރި ބުރަ މަސައްކަތުގައިވެސް މާތްﷲ ބަރަކާތް ލެއްވުން އެދި ދުޢާ ދަންނަވާފައެވެ. އަދި އުއްމީދަކީ އެސް.އެސްސީ އަދި އޯލެވެލްގައި ރާއްޖެއިން ބައިވެރިވި 8364 ދަރިވަރުންނަށްވެސް ހިތްހަމަޖެހޭ ފާގަތި ދުވަސްތަކަކަށް އިމްތިޙާނުގެ މުއްދަތު ވުންކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ތޫނުފިލިކަމާއެކު ފަސޭހައިން ސުވާލުތަކަށް ޖަވާބުދެވޭ، ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ދަރިވަރުން ހާސިލްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި އިމްތިޙާނުގައި ބައިވެރިވާ ކޮންމެ ކުއްޖަކުވެސް މި އިމްތިޙާނުގައި ކާމިޔާބީ ހޯދާ، ޤައުމު ފަޚުރުވެރިވާނެ ޚިދުމަތްތެރި ދަރިއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރު އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.

މިއަހަރު އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިއަށްދާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ. މިއަހަރު އޯލެވަލް ޕްރެކްޓިކަލް ބައެއް މާއްދާތައް މިމަހުގެ 11 ވަނަ ދުވަހު ފެށިފައިވާއިރު، މިއަދު އެސްއެސްސީ މާއްދާތަކުގެ އިމްތިޙާނު ފަށާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.