ރައީސުލްޖުމްހޫރިއްޔާގެ ދަރިކަނބަލުން ޔާސްމީން މުޙައްމަދު މުޢިއްޒުގެ އިންސްޓަރގްރާމް ޕޯސްޓެއްކަމަށްބުނެ ދައުރުކުރަމުންދަނީ ފޭކް ސްކްރީން ޝޮޓެއްކަމަށް
ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.
މާލޭގައި މިދުވަސްވަރު ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ރޭ ހައްޔަރުކުރި ފަރާތަކާ ގުޅުވައިގެން ރައީސްގެ ދަރިކަނބަލުން ކުރި ޕޯސްޓެއްކަމަށްބުނެ މިއަދު ސޯޝަލް މީޑިއާގައި ދަނީ ސްކްރީން ޝޮޓްތަކއް ދައުރުކުރަމުންނެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ރޭގެ މުޒާހަރާގައި މީހަކު ހައްޔަރުކުރުމާ ގުޅޭ ގޮތުން ޔާސްމީން މުޙައްމަދު މުއިއްޒުގެ އިންސްޓަގްރާމުން ކަމަށް ބުނެ ދައުރަމުން ގެންދަނީ ފޭކް ސްކްރީންޝޮޓެއްކަމަށެވެ. އެހެންކަމުން ހަޤީގަތާ ޚިލާފަށް ރައީސްގެ ދަރިކަނބަލުންނާ ގުޅުވައިގެން ހަޤީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އާއިލާއިން އެދޭކަމަށްވެސް އާޒިމާގެ ޕޯސްޓްގައި ވިދާޅުވިއެވެ.
The circulating screenshot, purporting to be from Yasmine Mohamed Muizzu’s Instagram regarding a protestor's arrest last night, is fake. The Family requests those involved to stop spreading false information and misleading the public.
— AzimaShakoor (@aminadhis) May 2, 2025
ރައީސުލްޖުމްހޫރިއްޔާގެ ދަރިކަނބަލުން ޔާސްމީން މުޙައްމަދު މުޢިއްޒުގެ އިންސްޓަރގްރާމް ޕޯސްޓެއްކަމަށްބުނެ ފޭކު ސްކްރީން ސްކްރީން ޝޮޓެއް ދައުރުކުރަމުންދާއިރު، މާލޭގެ މަޖީދީ މަގުގައި މިފަހަކަށް އައިސް ކުރިއަށްގެންދާ މުޒާހަރާ ރޭ ރޫޅާލައި، ދެ ޒުވާނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުހުން މިއަދު ވަނީ އެ މީހުން ހައްޔަރު ކުރި ސަބަބުތަކާއި ކުރެވޭ ތުހުމަތުތައް ހާމަކުރައްވާފައެވެ.
ފުލުހުން ވިދާޅުވީ މާލޭގެ މަޖީދީމަގުގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާ ރޭ އިންޒާރު ދިނުމަށްފަހު ރޫޅާލާފަވަނީ، ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރަށް ރިއާޔަތްކުރުމަށްފަހުކަމަށެވެ،