މާލޭގައި އުމުރުން 40 އަހަރުގެ ފިރިހެނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
މިރޭ 8:35 ހާއިރު މާރާމާރީގެ މިމައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ. މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ސަބުދެލިމަގު، ޗާންދަލިއަރ ކައިރީގައި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ. މި މައްސަލާގައި އަނިޔާ ލިބުނު ފަރާތަކީ، މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުޤީޤު ކުރަމުންނެވެ.