ކުޅިވަރު

ސެމީ ފައިނަލްގެ ކުރިން މެޑިސަންއަށް ސީޒަން ނިމިއްޖެ


ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް ޓޮޓްނަމް ހޮޓްސްޕަރ ތައްޔާރުވަނިކޮށް، އެ ޓީމުގެ އެންމެ މުހިންމު އެއް މިޑްފީލްޑަރު ޖޭމްސް މެޑިސަންއަށް ސީޒަން ނިމިއްޖެއެވެ.

ކޯޗު އެންޖެ ޕޮސްޓެކޮގްލޫ ބުނީ މެޑިސަންގެ ކަކުލަށް އަނިޔާވީ ހުސްވި ހަފުތާގައި ކުޅުނު ޔޫރޮޕާ ލީގުގެ މެޗުގައި ކަމަށެވެ. އަދި މި އަނިޔާގެ ސަބަބުން އޭނާ އަށް ދެން މި ސީޒަނުގައި ނުކުޅެވޭނެ ކަމަށެވެ.

28 އަހަރުގެ މެޑިސަން އަށް އަނިޔާވުމަކީ ޓޮޓްނަމްއަށް މި ސީޒަނުގައި ކުރިއަށް ދާން އެޅުނު އަނެއްކާ ވެސް ބޮޑު ހުރަހެކެވެ.

ޓީމުގެ ކެޕްޓަން ސޮން ހުން މިން އަށް މިހާރު ވެސް ވަނީ އަނިޔާވެފަ އެވެ. އޭނާގެ ފައިތިލަ އަށް ލިބުނު އަނިޔާ ރަނގަޅު ނުވާއިރު އިނގިރޭސި ފޯވަޑް ޑޮމެނިކް ސޮލަންކޭ މިހާރު ވަނީ މުޅިން ފިޓްވެފަ އެވެ.

"ހަމަ ޔަގީން މެޑިސަން އަށް ނުކުޅެވޭތީވެ އަހަރެން މިހުރީ ވަރަށް ދެރަވެފައި. އޭނާ އަކީ މި ސީޒަނުގައި ވަރަށް ރަނގަޅަށް ކުޅެމުން އައި ކުޅުންތެރިއެއް. ސެމީގެ ފުރަތަމަ މެޗުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އޭނާ އަށް އެކަނި ފަހު ލެގުގައި ނުކުޅެވެނީ. މިހެންވެ ޓީމު އޮތީ ތައްޔާރަށް،" ކޯޗު ބުންޏެވެ.

ޓޮޓްނަމްއިން މަސައްކަތް ކުރަމުން ދަނީ 1984 ވަނަ އަހަރު ޔޫއޭފާ ކަޕް ހޯދި ފަހުން ފުރަތަމަ ފަހަރަށް ޔޫރަޕުގެ ތައްޓެއް ހޯދުމަށެވެ.