މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ގެވެށި އަނިޔާގެ 400އަށްވުރެ ގިނަ މައްސަލަ ހުށައަޅާފަވާކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ހާމަކޮށްފިއެވެ. އެފް ޕީއޭއިން މިކަން ހާމަކޮށްފަވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކުގައެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވިދާޅުވީ އެއޮތޯރިޓީއަށް ހުށަހަޅާފައިވާ 402 މައްސަލައިގެތެރޭގައި ގެވެށި އަނިޔާ ލިބިފައިވާ ކުދިންނާ މިހުންގެ ޖުމްލަ 555އަށް އަރާކަމަށެވެ.
ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން 293 މައްސަލަ
ޖިސްމާނީ އަނިޔާ ކުރުން 292 މައްސަލަ
ބިރުދެއްކުން 153 މައްސަލަ
ގޯނާކުރުން 84 މައްސަލަ
ގެވެށި އަނިޔާގެ ޢަމަލުގެ މަންޒަރު ދެއްކުން / އަޑު އިއްވުން / އެކްސްޕޯޒްކުރުން 81 މައްސަލަ
މުދަލަށް ގެއްލުންދިނުން 80 މައްސަލަ
ގެވެށި އަނިޔާގެ މައްސަލަތަކުގައި އަނިޔާ ލިބުނު މީހުންގެ ޖުމުލަ އަދަދު 555 އަށް އަރައެވެ. މީގެތެރޭގައި ހިމެނެނީ 356 އަންހެނުންނާއި 162 ފިރިހެނުންނެވެ.
ގެވެށި އަނިޔާގެ އެންމެ ގިނަ މައްސަލަތައް ރިޕޯޓްކޮށްފަވަނީ ގްރޭޓާ މާލެ ސަރަޙައްދުންނެވެ. މާލެ ސަރަޙައްދުން 215 މައްސަލަ ހުށައަޅާފައިވާއިރު، ދެން އެންމެ ގިނައިން މައްސަލަ ރިޕޯޓްކޮށްފައިވާ ފުވައްމުލައް ސިޓީއިން 55 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.
ހދ އަތޮޅުން 51 މައްސަލަ އަދި އައްޑޫ ސިޓީން 45 މައްސަލައެއް ހުށައަޅާފައިވެއެވެ.
ނ، ވ، އަދި މ އަތޮޅުން ގެވެށި އަނިޔާގެ އެއްވެސްމައްސަލައެއް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިޕޯޓުކޮށްފައެއް ނެތެވެ.
އެންމެ ގިނައިން އަނިޔާ ލިބިފައިވަނީ ނަސަބުގެގޮތުން ގާތްތިމާގެ މީހުންނާއި ކައިވެނީގެގޮތުން ނުވަތަ އާއިލީ ގުޅުމަކުން ގުޅިފަވާ މީހުންގެ ކިބައިންނެވެ. އެއީ 206 މައްސައެވެ. ކައިވެނިކޮށްގެން އުޅޭ ނުވަތަ އިންދެގެން އުޅޭ މީހާގެ ކިބައިން އަނިޔާލިބުމުގެ 189 މައްސަލަ މީގެ ތެރޭގައި ހިމެނެއެވެ.