ޚަބަރު

ހުޅުމާލޭ ކްލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް


  • މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން

ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުޑަ ކުއްޖަކަށް އަނިޔާ ކުރިކަމުގެ މައްސަލައެއް
ފުލުހުން ތަޙްޤީގުކުރަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުޑަ ކުއްޖަކަށް އަނިޔާ ކުރިކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިމަހުގެ 5 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުޑަ ކުއްޖަކަށް ޖިސްމަނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލު ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 10 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.