ޚަބަރު

އެޑެކްސެލްއާއި އެޗް.އެސް.ސީ އިމްތިޙާނުތަކުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ހުޅުވާލައިފި


  • އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ

  • އިމްތިހާނު އޮންނާނީ ސެޕްޓެންބަރު އަދި އޮކްޓޫބަރު މަހު

މިއަހަރު ބާއްވާ އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުތަކުގައި ބައިވެރިވުމަށް އެދޭ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތުގައި ހުޅުވާލައިފިއެވެ.

އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުތައް ކުރިއަށް ގެންދަނީ ސެޕްޓެންބަރު އަދި އޮކްޓޫބަރު މަހުއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ވިދާޅުވީ މި އިމްތިޙާނުތަކުގައި އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެކަމަށެވެ. އެގޮތުން އަންނަ މހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ވިދާޅުވިއެވެ.

އެގޮތުން އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓްގެ ކައުންޓަރުން\ އަދި ޑިޕާޓްމަންޓްގެ ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް [email protected] އަށް މެއިލް ކުރެވޭނެއެވެ.