ޚަބަރު

ލަންކާގެ ބައެއް މަރުކަޒުތަކުގައި ހިންގާ ކޯސްތަކުގައި ބައިވެރިނުވާން އެމްކިޔުއޭއިން އިލްތިމާސްކޮށްފި


  • ސަސްޕެންޑް ކޮށްފައިވާ މަރުކަޒުތަކުގެތެރޭގައި "މެޓްރޯޕޮލިޓަން ކޮލެޖް" އާއި "އީސޮފްޓް" ހިމެނޭ

  • އެ މަރުކަކަޒުތަކުގައި މިހާރު ތައުލީމު ހާސިލްކުރަމުންދާ ފަރާތްތަށް އެންގުމަށްވަނީ އެދިފައި

ސްރީލަންކާގެ ޓިވެކްގައި ރަޖިސްޓަރީކޮށްފައިވާ ބައެއް މަތީ ތަޢުލީމުދޭ މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާތީ އެ މަރުކަޒުތަކުގައި ހިންގާ ކޯސްތަކުގައި ބައިވެރިނުވާން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިޔުއޭ އިން އިލްތިމާސްކޮށްފިއެވެ.

ސްރީލަންކާގެ ޓިވެކް ގައި ރަޖިސްޓަރީކޮށްފައިވާ ބައެއް މަތީ ތަޢުލީމުދޭ މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިޔުއޭ އަށް މަޢުލޫމާތު ލިބިފައިވާތީ، އެ މަރުކަޒުތަކުގައި މަތީ ތަޢުލީމު ޙާސިލްކުރާ ދަރިވަރުން ވީ އެންމެ އަވަހަކަށް އެމްކިއުއޭއަށް އީމެއިލް ([email protected]) މެދުވެރިކޮށް އެކަން އެންގުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

އަދި އެ މަރުކަޒުތަކުގެ ޕްރޮގްރާމްތަކުގައި މަތީ ތަޢުލީމު ޙާސިލްނުކުރުމަށްވެސް އެ އޮތޯރިޓީންވަނީ އިލްތިމާސްކޮށްފައެވެ.

ސަސްޕެންޑް ކޮށްފައިވާ ތަޢުލީމުދޭ މަރުކަޒުތަކުގެތެރޭގައި "މެޓްރޯޕޮލިޓަން ކޮލެޖް" އާއި "އީސޮފްޓް" ގެ ހުރިހާ ކެމްޕަސްތައް ހިމެނޭކަން އެމްކިއުއޭއިން ފާހަގަކުރެއެވެ.

މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ފެންވަރު ކަށަވަރުކޮށް، ރާއްޖޭގެ ޔުނިވާސިޓީ އަދި ކޮލެޖް އިންސްޓިޓިއުޓް ތަކުން ނިކުންނަ ދަރިވަރުންގެ ތައުލީމީ ފެންވަރު ހަރުދަނާކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށުން އެމްކިޔުއޭ އިން އަންނަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ.