ޚަބަރު

އެފްއޭއެމްގެ ކޮންގްރެސް މިމަހު 27 ގައި


  • []

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކޮންގްރެސް މިމަހުގެ 27 ގައި ބާއްވަން ހަމަޖައްސައިފިއެވެ.

2025 ވަނަ އަހަރުގެ އޮޑިނަރީ ކޮންގްރެސް މިމަހުގެ 27 ގައި ބާއްވަން ހަމަޖެހިފައިވާކަން އެންގީ އެފްއޭއެމް އިން މިއަދު އާންމުކުރި ނޫސް ބަޔާނެއްގައެވެ.

މި ކޮންގްރެސްގައި އެފްއޭއެމްގެ 2023 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ މާލީ ބަޔާންތައް ހުށަހެޅުން އޮންނާނެއެވެ.

އަދި އެފްއޭއެމްގެ އިސްލާހުކުރެވިފައިވާ ހިންގާ ގަވާއިދާއި އިލެކްޓޯރަލް ކޯޑު ފާސްކުރުމަށް ހުށަހެޅުމަށްވަނީ ހަމަޖެހިފައެވެ. އިސްލާހު ކުރެވިފައިވާ ހިންގާ ގަވާއިދަކީ ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން އެފްއޭއެމްގެ ކުލަބުތަކުގެ މަޝްވަރާއާއި އެކު އެކުލަވާލެވިފައިވާ ހިންގާ ގަވާއިދެއް ކަަމަށް އެފްއޭއެމުން ބުނެއެވެ.

އެފްއޭއެމްގެ ކޮންގްރެސްގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި 2025 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުމާއި، 2025 ން 2028 އަށް އޮޑިޓްކުރާ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުމާއި އިސްލާހުކޮށއފައިވަަ ހިންގާ ގަވާއިފު ފާސްކުރުމާއި އިލެކްޓޯރަލް ކޯޑު ފާސްކުރުން ހިމެނެއެވެ.

އަދި އެފްއޭއެމްގެ އައު ހިންގާ ކޮމިޓީ ހޮވުމަށަ އިންތިހާބު ބާއްވާނެ ދުވަސް ކަނޑައެޅުން ހިމެނެއެވެ. މި ކޮންގްރެސް އާއިއެކު އެފްއޭއެމްގެ ނޯމަލައިޒޭޝަންގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް ފެށިގެންދާނެ ކަމަށް އެފްއޭއެމުން ބުނެއެވެ. އަދި އައު ހިންގާ ކޮމިޓީ ހޮވުމަށް އިންތިހާބު ބާއްވާ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު 2025 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭކަމަށް އެފްއޭއެމް އިން ބުނެއެވެ.