ޚަބަރު

ކަނޑައިގެން ގޮސްފައިވާ އޮއިވާލި ކަނދުފަތިތައް ހަރުކުރަން ފަށައިފި


ރާއްޖޭގެ އެކި ސަރަޙައްދުތަކުން ކަނޑައިގެން ގޮސްފައިވާ އޮއިވާލި ކަނދުފަތިތައް ހަރުކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށްޓަވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝަޒައިލް ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުން ކަނޑައިގެންގޮސްފައިވާ 10 ކަނދުފަތީގެ ތެރެއިން 5 ކަނދުފަތި ހަރުކުރުމުގެ މަސައްކަތް މިހާރު ފަށްޓަވާއިފައިވާކަމަށެވެ.

މިދަތުރުގައި ކަނދުފަތި ހަރުކުމަށް ހަމަޖެހިފައިވަނީ އދ. މާމިގިލީގެ ބޭރުން ކަނޑައިގެންގޮސްފައިވާ ކަނދުފައްޗާއި ލ. ގަމާ ދިމާ ބޭރުން ކަނޑައިގެންގޮސްފައިވާ ކަނދުފައްޗާއި ގއ.ކޮލަމާފުށްޓާއި ދެއްވަދޫ ބޭރުން ކަނޑައިގެންގޮސްފައިވާ ކަނދުފައްޗާއި ގދ. ތިނަދޫ ބޭރުން ކަނޑައިގެން ގޮސްފައިވާ ކަނދުފައްޗެވެ. މީގެތެރެއިން ލ. ގަމާ ދިމާބޭރުން ކަނޑައިގެންގޮސްފައިވާ ކަނދުފަތި މިހާރު ހަރުކުރައްވާފައިވާ ކަމަށް ޝަޒައިލް ވިދާޅުވިއެވެ. މި 5 ކަނދުފަތި ހަރުކުރުމަށްފަހު ބާކީ 5 ކަނދުފަތި ހަރުކުރުމުގެ މަސައްކަތް 2 ހަފްތާ ތެރޭގައި ފެށޭނެ ކަމަށާއި، އަންނަ މަސް ނިމުމުގެ ކުރިން މިހާރު ކަނޑައިގެން ގޮސްފައިވާ ހުރިހާ ކަނދުފައްޗެއް ހަރުކުރައްވައި ނިންމަވަން މަސައްކަތް ކުރައްވާނެ ކަމަށް ޝަޒައިލް ޝިޔާމް ވިދާޅުވިއެވެ.