ހދ. ކުޅުދުއްފުށި ސިޓީގައި ކުރިޔަށްދާ އިންޓަސުކޫލް އެތުލެޓިކްސް މީޓްގެ 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޓްރިޕްލް ޖަމްޕް އިވެންޓުގެ އެއްވަނަ މިލަންދޫ ސުކޫލުގެ އިބްރާހިމް ނަސީހު އަލީ ހޯދައިފިއެވެ.
ނަސީހު މި އިވެންޓްގެ އެއްވަނަ ހޯދީ 10.53 މީޓަރަށް ފުންމައިގެންނެވެ. ނަސީހު މި އިވެންޓްގެ އެއްވަނަ ހޯދި އިރު މިއީ 15 އަހަރުން ދަށުގެ ޓްރިޕްލް ޖަމްޕްގެ އައު މީޓް ރިކޯޑެކެވެ. މީގެ ކުރިން މި އިވެންޓްގެ މީޓް ރިކޯޑް އޮތީ 9.90 ގައެވެ. މިލަންދޫ ސުކޫލުގެ ނަސީހް ވަނީ 10.79 މީޓަރުން ރެކޯޑް އައުކޮށްފައެވެ.
ދެވަނަ ހޯދީ މިލަންދޫ ސުކޫލުގެ އަހުމަދު ޒައިން މުހައްމަދު ތަލާލްއެވެ. އޭނާ ވަނީ 9.88 މީޓަރު ދުރަށް ފުންމައިގެން 8 ޕޮއިންޓް ހޯދާފައެވެ.
ތިންވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ މުހައްމަދު ޒައިން ޒަކަރިއްޔާއެވެ. އޭނާ ވަނީ 9.71 މީޓަރަށް ފުންމައިގެން 6 ޕޮއިންޓް ހޯދަާފައެވެ.
ކުޅުދުއްފުށީގައި ކުރިޔަށްދާ އެތުލެޓިކްސް މީޓުގައި ބޮޑު ތިލަދުންމަތީގެ 19 ސުކޫލަކުން ދަރިވަރުން ބައިވެރިވެއެވެ. މި މުބާރާތުގައި ޖުމްލަ 108 އިވެންޓެއް އޮންނައިރު 8 އުމުރުފުރާއަކުން ބައިވެރިން ވާދަ ކުރެއެވެ.