ޚަބަރު

17 އަހަރުން ދަށުގެ ޓްރިޕްލް ޖަމްޕުގެ އެއްވަނަ މިލަންދޫ ސްކޫލުގެ ޒައިދާނަށް


‎ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ 17 އަހަރުން ދަށުގެ ޓްރިޕްލް ޖަމްޕުގެ ފިރިހެން ކެޓެގަރީގެ އެއްވަނަ މިލަންދޫ ސްކޫލުގެ މުޙައްމަދު ޒައިދާން ޒައިން ހޯދައިފިއެވެ. އޭނާ އެއްވަނަ ހޯދީ 11.40 މީޓަރު ދުރަށް ފުންމައިގެންނެވެ. މިއީ އައު މީޓް ރިކޯޑެކެވެ. އެގޮތުން މީގެ ކުރިން މި ރިކޯޑު ހަދާފައިވަނީ 10.64 މީޓަރު ދުރަށް ފުންމައިގެންނެވެ.

ދެވަނަ ހޯދީ މުޙައްމަދު ރަވާހް ބިން މުޙައްމަދު ރިޔާޒެވެ. އޭނާ ދެވަނަ ހޯދީ 10.39 މީޓަރު ދުރަށް ފުންމައިގެންނެވެ. އަދި ތިންވަނަ ހޯދީ މިލަންދޫ ސްކޫލުގެ މުޙައްމަދު އަޔާމީން އަލީ ފުވާދެވެ. އޭނާ ވަނީ 10.22 މީޓަރު ދުރަށް ފުންމާފައެވެ.

މީގެ އިތުރުން މި މުބާރާތުގެ 17 އަހަރުން ދަށުގެ ޖެވެލިން ތުރޯގެ ފިރިހެން ކެޓެގަރީގެ އެއްވަނަ ހޯދީ ނޮޅިވަރަމްފަރު ސްކޫލުގެ އަބްދުالله ފަސީހެވެ. ދެވަނަ ހޯދީ ނައިވާދޫ ސްކޫލުގެ ހަސަން ބަދުރަންއެވެ. އަދި މި ކެޓެގަރީގެ ތިންވަނަ ހޯދީ ށ. ފޭދޫ ސްކޫލުގެ އަލީ ފައިޒާން މުޙައްމަދެވެ.