ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންނަށް ހުވާލައިދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ޢަބްދުލް ނާސިރު ޝަފީޤުއެވެ.
މިރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުންނެވެ. އެއީ އަންހެން 34 ފުލުހުންނާއި ފިރިހެން 99 ފުލުހުންނެވެ. ހުވާކުރުމަށްފަހު އެފުލުހުންވަނީ ހުވާގެ އިޤުރާރުގައި ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތުގައި، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް އަދި ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިލްޔާސް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.