ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ 13 އަހަރުން ދަށުގެ 1000 މީޓަރު ދުވުމުގެ އެއްވަނަ ނައިވާދޫ ސްކޫލުގެ އައިޝަތު ރުއާ ބިންތި ޝިރުހާން ހޯދައިފިއެވެ.
އޭނާ ރޭސް ނިންމީ 3 މިނިޓް 50.71 ސިކުންތުންނެވެ.
އަންހެން ކެޓަގަރީގެ ދެވަނަ ހޯދީ އަފީފުއްދީން ސުކޫލުގެ އާމިނަތު އީލާފު ހަސަންއެވެ. އޭނާ ރޭސް ނިންމީ 3 މިނިޓް 59.24 ސިކުންތުންނެވެ.
ތިންވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުގެ ފާތިމަތު އަނާން އާދަމްއެވެ. އޭނާ ރޭސް ނިންމީ 4 މިނިޓް 06.92 ސިކުންތުންނެވެ.
13 އަހަރުންދަށުގެ 1000 މީޓަރު ދުވުމުގެ ފިރިހެން ކެޓަގަރީގެ އެއްވަނަ ހޯދީ ނައިވާދޫ ސުކޫލުގެ މުހައްމަދު ޝާޔަން އަހުމަދެވެ. އޭނާ ރޭސް ނިންމީ 3 މިނިޓް 31.10 ސިކުންތުންނެވެ.
ދެވަނަ ހޯދީ ނޮޅިވަރަންފަރު ސުކޫލުގެ އަހުމަދު ލޭސަން އާދަމް ނަސީމެވެ. އޭނާ ރޭސް ނިންމީ 3 މިނިޓް 35.80 ސިކުންތުންނެވެ. ތިން ވަނަ ހޯދީ މަކުނުދޫ ސުކޫލުގެ އިބްރާހިމް ރަޒާން ރަމްޒީއެވެ. އޭނާ ރޭސް ނިންމީ 3 މިނިޓް 50.68 ސިކުންތުންނެވެ.
17 އަހަރުން ދަށުގެ 3000 މީޓަރު ދުވުމުގެ ފިރިހެން ކެޓަގަރީގެ އެއްވަނަ ހޯދީ އަލީ އީޝާން އަބުދުލްވައްހާބެވެ. އޭނާ ރޭސް ނިންމީ 11 މިނިޓް 35.57 ސިކުންތުންނެވެ.
ދެވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުގެ އައިހަމް އާދަމެވެ. އޭނާ ރޭސް ނިންމީ 11 މިނިޓް 53.93 ސިކުންތުންނެވެ. ތިންވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުގެ އަލްސަން އަލީއެވެ. އޭނާ ރޭސް ނިންމީ 11 މިނުޓް 58.53 ސިކުންތުންނެވެ.
20 އަހަރުންދަށުގެ 800 މީޓަރު ދުވުމުގެ އެއްވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ އަލީ އައިހަމް އާދަމްއެވެ. ދެވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ އިބްރާހިމް ޝައިހާންއެވެ. ތިންވަނަ ހޯދީ މިލަންދޫ ސުކޫލުގެ އިބްރާހިމް މިފްސަލްއެވެ.