ރިވައިވަލް އޭދަފުށި ޖޫނިއަރ އޯޕަން 2025 ނިންމައި، ވަނަތަކަށް ހޮވުނު އެތުލީޓުންނަށް މެޑެލް ހަވާލުކޮށްފިއެވެ.
މި މުބާރާތުގެ 8 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އިސްމާއިލް ނޫހު ބިން ރިލްވާންއެވެ. މި އުމުރު ފުރާގެ އަންހެން ކެޓަގަރީގެ އެއްވަނަ ހޯދީ އީރާ ބިންތި މަމްނޫން މުހައްމަދެވެ.
މުބާރާތުގެ 11 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އިވެންޓުގެ އެއްވަނަ ހޯދީ ތިލާލް އިބްރާހިމް ވަހީދެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސް އިވެންޓުން އެއްވަނަ ހޯދީ މީފާ ބިންތި މޫސާއެވެ. 13 އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ޔުއާން އަރަފާތު ސައީދެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ ލައިބާ އަހުމަދު މަހްލޫފެވެ.
މުބާރާތުގެ 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ރިޝާމް އަބްދުލްފައްތާހުއެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަޒްކާ ރިލްވާންއެވެ. 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޔޫސުފް ޒީކް ޒުހާންއެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަްިމިނަތު އައިނީ އަޝްރަފެވެ. 19 އަހަރުން ދަަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އާދަމް މަހީން މުހައްމަދެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތު ނައުރާ ޝަރުވަތެވެ.
ޑަބަލްސް އިވެންޓުތަކުގެތެރެއިން 11 އަހަރުން ދަށުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ މީފާ ބިންތި މޫސާ އާއި އައިޝާ ހާޖަރު ހާނިސް މޫސާގެ ޕެއާއެވެ. މި އުމުރުފުރާގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ޔަުސުފް އަލަފް އާއި ތިލާލް އިބްރާހިމް ވަހީދުގެ ޕެއާއެވެ. 13 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ލައިބާ އަހުމަދު މަހްލޫފާއި އިލީނާ އަލީ ޝަޕީގްގެ ޕެއާއެވެ. ފިރިހެން ޗެމްޕިއަންކަން ހޯދީ މިރުސާލް ހުސެއިން މިރުޒާ އާއި ޒައުލް ބިން އަހުމަދު މުމްތާޒުގެ ޕެއާއެވެ.
ފަނަރަ އަހަރުން ދަށުގެ އަންހެން ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އަޒްކަ ރިލްވާން އާއި ހައްވާ ނައުރީން މުހައްމަދުގެ ޕެއާއެވެ. ފިރިހެން ޗެމްޕިއަންކަން ހޯދީ ރިޝާމް އަބްދުލް ފައްތާހް އާއި އައުފް ބިން އަބްދުލްފައްތަަހުގެ ޕެއާއެވެ. 17 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ލާރާ މުހައްމަދު ލަތީފް އާއި އައިޝަތު ރައިޝާ ޒާކިރުގެ ޕެއާއެވެ. ފިރިހެން ޗެމްޕިއަންލަން ހޯދީ މުހައްމަދު ހައްޔާން ބިން އަބްދުލްހަންނާން އާއި އަބުދުالله ނައުހާން ބިން މުހައްމަދު ނަޝީދުގެ ޕެއާއެވެ.
މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަމް ހޯދީ މަރިޔަމް އީނާސް އިލްޔާސް އާއި ފާތިމަތު ނާއިސާ ސައުދުاللهގެ ޕެއާއެވެ. ފިރިހެން ޗެމްޕިއަންކަން ހޯދީ އާދަމް މައީހް މުހައްމަދު އަދި މުހައްމަދު އަހުސަން އަހުމަދުގެ ޕެއާއެވެ.