ކުޅިވަރު

ބޮޑު ފަރަގަކުން ސައުދީ ބަލިކޮށް ރާއްޖެއަށް ތިންވަނަ މޮޅު


ދެކުނު ކޮރެއާގައި ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން ކުޅުނު ތިންވަނަ މެޗުގައި ސައުދީ އަރަބިއްޔާއާ ވާދަކޮށް މުބާރާތުގެ ތިންވަނަ މޮޅު ހޯދައިފިއެވެ.

ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗު ރާއްޖެ ކާމިޔާބުކޮށްފަވަނީ 72-20 ގެ ބޮޑު ތަފާތަކުންނެވެ.

މިމުބާރާތުގައި ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން މިމުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ރާއްޖެއިން ހޯދާފަވާއިރު، އެންމެ ފުރަތަމަ މެޗުގައި ވާދަކޮށްފަވަނީ ޗައިނީޒް ޓައިޕޭއާއެވެ. އެމެޗެ ރާއްޖެއިން ކާމިޔާބުކުރީ 51-26 ގެ ފަރަގަކުންނެވެ. އެއަށްފަހު އިއްޔެ 51-26ގެ ތަފާތަކުން ރާއްޖޭގެ ޓީމުވަނީ ޖަޕާން ބަލިކޮށްފައެވެ.

ދެކުނު ކޮރެއާގެ ޖޯންޖޫގައި ކުރިއަށްދާ ޖޫނިއަރ އޭޝިއަން ޗެމްޕިއަންޝިޕުގައި ޖުމްލަ 11 ގައުމަކުންދަނީ ވާދަކުރަމުންނެވެ. މިމުބާރާތުގެ ގަދަ ފަސް ޓީމު ޗެމްޕިއަންޝިޕަށް ދަތުރުކުރާއިރު، ދެން ބާކީ ތިބި ޓީމުތައް ކުޅެން ޖެހޭނީ ޕްލޭޓަށެވެ.