ޚަބަރު

ކާރު އެކްސިޑެންޓެއްގައި ލިވަޕޫލްގެ ފޯވަޑް ޑިއެގޯ ޖޮޓާ މަރުވެއްޖެ!


އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ލިވަޕޫލް އަށް ކުޅެމުންދާ ޕޯޗުގަލްގެ ފޯވަޑް ޑިއެގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.

ސްޕެއިންގެ މީޑިޔާތައް ރިޕޯޓް ކޮށްފައިވާ ގޮތުގައި ޖޮޓާ މަރުވެފައިވަނީ ސްޕެއިންގެ ޕްރޮވިންސެއް ކަމުގައިވާ ޒަމޯރާގެ ހައިވޭ އޭ-52 ގައި ހިނގި ކާރު އެކްސިޑެންޓެއްގަ އެވެ.

އުމުރުން 28 އަހަރުގެ ޖޮޓާ އާއި އޭނާގެ ކޮއްކޮ 26 އަހަރުގެ އެންޑްރޭ އާއި ދެ މީހުން ދުއްވާފައިދިޔަ ކާރު އެކްސިޑެންޓުގެ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޕޯޗުގަލް އަށް އުފަން ޑިއެގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެފައިވާއިރު އޭނާ ވަނީ މީގެ ދެ ހަފްތާ ކުރިން އޭނާގެ ޒަމާންވީ ލޯބިވެރިޔާ ރޫޓް ކާޑޯސޯ އާއި ކައިވެނިކޮށްފަ އެވެ.